ޖޭއޭއޭއޭ ޑިވެލޮޕްމަންޓް މީޓް 3


Admin/newsImage/noimage.png
ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ފަތިހު ކުރިޔަށް ދިޔަ ޖޭއޭއޭއޭ ޑިވެލޮޕްމަންޓް މީޓްގެ 400މ ދުވުމުގައި ވާދަކުރި ޙަސަން ސާޢީދު ރާއްޖޭގެ ފިރިހެނުންގެ 400މ، ދުވުމުގެ ގައުމީ ރިކޯޑް މުގުރާލައިފިއެވެ. މިއީ 1 މަސް ދުވަސްތެރޭގައި ސާއިދު މި އިވެންޓްގެ ރިކޯޑް މުގުރާލި 2 ވަނަ ފަހަރެވެ.

67 އެތުލީޓުން 7 ހީޓުގައި ވާދަކުރި ދުވުމުގައި ސާޢިދު ދުވެފައިވަނީ 7 ވަނަ ހީޓްގައެވެ. އަދި 8 އެތުލީޓުން ވާދަކުރި މި ހީޓް ކާމިޔާބުކުރީވެސް ޙަސަން ސާޢިދު އެވެ.

67 އެތުލީޓުން ދުވި ވަގުތަށް ބަލާއިރު ޙަސަން ސާޢިދުގެ ވަގުތު ހިމެނިފައިވަނީ 9 ވަނަ އަށެވެ.

ސާޢިދު އާއެކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އަޒްނީމް އަޙްމަދު އިންޖަރީގެ ސަބަބުން މި މީޓްގައި ވާދަނުކުރެއެވެ.