ދުނިޔޭގެ އެތުލެޓިކްސް ދުވަސް


Admin/newsImage/noimage.png
ދުނިޔޭގެ އެތުލެޓިކްސް ދުވަސް ފާހަގަކުރުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއަޝަނާއި ހދ. ކުޅުއްފުށީ ސްކޫލްތަކާ ގުޅިގެން އެތުލެޓިކްސް ޙަރަކާތްތަކެއް ހދ. ކުޅުދުއްފުށީގައި މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

މިޕްރޮގްރާމްގައި ކުރިޔަށް ގެންދެވުނީ 15 އަހަރާއި 16 އަހަރުގެ ކުދިންގެ މެދުގައި ބޭއްވުނު އިންޑިޖުއަލް އިވެންޓްސް ތަކާއި، 12، 13 އަދި 14 އަހަރުގެ ކުދިންގެ މެދުގައި ބޭއްވުނު ޓީމް އިވެންޓްސް ތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމެކެވެ.

މި ޙަރަކާތުގައި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަދި ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.