ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ ފުރަތަމަ 2 ދުވަހުގެ އިވެންޓްތަކާއެކު މުބާރާތުގަ އެންމެ މޮޅު އެތުލީޓްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ފިރިހެނުންގެ ބައިން އެންމެ މޮޅު އެތުލީޓަކަށް ވާދަކުރަނީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އާއި ޙުސައިން އިނާޝް އެވެ. ޝިފާޒް މުޙައްމަދު އޭނާ ވާދަކުރި 3 އިވެންޓުން ގޯލްޑް މެޑަލް ހޯދި އިރު ޙުސައިން އިނާޝްވަނީ އޭނާ ވާދަކުރި 2 އިވެންޓުން ގޯލްޑް މެޑަލް ހޯދާފައެވެ. އިނާޝް އަށް ބާކީ 1 އިވެންޓް އޮތް އިރު، މި އިވެންޓް އިނާޝް އަށް ކާމިޔާބުކުރެވިއްޖެނަމަ ޝިފާޒް އާއެކު އިނާޝްއަށްވެސް 3 ގޯލްޑް މެޑަލް ލިބޭނެއެވެ.

އަންހެނުންގެ ބައިން އެންމެ މޮޅު އެތުލީޓަށް ވާދަކުރަނީ ވެސް ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާޢީލް އާއި އާމިނަތު ނަޒްރާއެވެ. ނަޒްރާ ވާދަކުރި 3 އިވެންޓުން ގޯލްޑް މެޑަލް ހޯދިއިރު އަފާ އިސްމާޢީލްވެސް ވަނީ އޭނާ ވާދަކުރި 2 އިވެންޓުން ގޯލްޑް މެޑަލް ހޯދާފައެވެ. އަފާ އަށް 1 އިވެންޓް ބާކީ އޮތް އިރު، މި އިވެންޓް އަފާ އަށް ކާމިޔާބު ކުރެވިއްޖެނަމަ 3 ގޯލްޑް މެޑަލް އިން އަފާ އާއި ނަޒްރާވެސް އެއްވަރު ވާނެއެވެ.

2 އެތުލީޓުންނަށް ލިބޭ މެޑަލްގެ އަދަދު އެއްވަރުވާނަމަ، މުބާރާތުގެ އެންމެ މޮޅު އެތުލީޓް ހޮވާނީ، އެއެތުލީޓުން މުބާރާތުގައި ވާދަކުރި އިވެންޓްތަކުން ހޯދާފައިވާ ނަތީޖާ ތަކާއި އެއިވެންޓްތަކުގެ ގައުމީ ރިކޯޑްގެ ނަތީޖާ އަށް ބެލުމަށްފަހު ގައުމީ ރިކޯޑާ އެނެމް ތަފާތު ކުޑަ ނަތީޖާ ހޯދާ އެތުލީޓެއް ބެލުމަށްފަހު އެވެ.