އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މާލޭގައި އޮގަސްޓް މަހުގެ 04ން 08އަށް ބާއްވާ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 43 ސްކޫލެއްގެ 142 ޓީމުން 1274އެތުލީޓުން ވާދަކުރާނެއެވެ. މުބާރާތުގައި ކުރިޔަށްގެންދާ 8 ޢުމުރުފުރާގައި ޓީމްތަކުން ބައިވެރިވެފައިވާ ގޮތަށް ބަލާއިރު 13 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 27 ޓީމް، 13 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 27 ޓީމް، 15 އަހަރުންދަށުގެ އަންހެން ޢުމުރުފުރާގައި 22 ޓީމް، 15 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 22 ޓީމް، 17 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 8 ޓީމް، 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 17 ޓީމް، 19 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 5 ޓީމް، އަދި 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރުރާގައި 10 ޓީމް ވާދަކުރާނެއެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ ޢާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، ރެހެންދި ސްކޫލް، ދ. އަތޮޅު މަދަރުސާ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހުރަވީ ސްކޫލް މާވަށު ސްކޫލް، މަޖީއްދިއްޔާ ސްކޫލް، ކަލާފާން ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހިރިޔާ ސްކޫލް، ދާންދޫ ސްކޫލް، މަރަދޫ ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ލާމު އަތޮޅު މަދަރުސާ، ފުވައްމުލަކު ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަކުނުދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މިލަންދޫ ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ފޭދޫ ސްކޫލް، ޖަލާލުއދީން ސްކޫލް އައްޑޫ ހައި ސްކޫލް، ދަރުމަވަންތަ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ހިތަދޫ ސްކޫލް، ގެމަނަފުށި ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، އަދި ގދ. އަތޮޅު މަދަރުސާއެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 11.00އަށް އަދި ހަވީރު 4.00ން 8.00އަށެވެ.

2018 ވަނަ އަހަރު މާލޭގައި ބޭއްވުނު 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ 31 ސްކޫލެއްގެ 82 ޓީމުން 685 އެތުލީޓުންނެވެ.