ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީ 2018


Admin/newsImage/noimage.png

އައްޑޫ ސިޓީގައި މިމަހުގެ 13ން 14އަށް ކުރިޔަށް ދިޔަ ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީގެ 3000މ ދުވުމުގައި ވާދަކުރި ޙުސައިން ފަޒީލް ހާރޫން، 3000މ ދުވުމުގެ ރާއްޖޭގެ ގައުމީ ރިކޯޑް މުގުރާލައިފިއެވެ.

ފަޒީލް ގައުމީ ރިކޯޑް މުގުރާލާފައިވަނީ ފިރިހެނުންގެ 3000މ ދުވުން 9މިނިޓް 29.21ސިކުންތުން ނިންމައިގެންނެވެ.

3000މ ދުވުމުގެ ކުރީގެ ރިކޯޑަކީ 2011 ވަނަ އަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ވާދަކުރި އަޒްހަމް ވަޙީދު ދުވެފައިވާ 9މިނިޓް 41.2ސިކުންތުގެ ރިކޯޑެވެ.