މައިލޯ އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ސެޕްޓެމްބަރ މަހުގެ 11ން 15އަށް މާލޭގައި ކުރިޔަށްދާ 20ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 34 ސްކޫލަކުން 10 ކެޓަގަރީ 143 ޓީމަކުން ވާދަކުރާނެއެވެ. އަދި މުބާރާތުގައި ދެޖިންސުން 1036 އެތުލީޓުން ވާދަކުރާނެއެވެ.

އެއީ 11 އަހަރުންދަށުގެ ފިރިހެން 19 ޓީމް، 11 އަހަރުންދަށުގެ އަންހެން 17 ޓީމް، 13 އަހަރުންދަށުގެ ފިރިހެން 20 ޓީމް، 13 އަހަރުންދަށުގެ އަންހެން 23 ޓީމް، 15 އަހަރުންދަށުގެ ފިރިހެން 15 ޓީމް، 15އަހަރުންދަށުގެ އަންހެން 14 ޓީމް، 17 އަހަރުންދަށުގެ ފިރިހެން 17 ޓީމް 17 އަހަރުންދަށުގެ އަންހެން 7 ޓީމް، 19 އަހަރުން ދަށުގެ ފިރިހެން 6 ޓީމް އަދި 19 އަހަރުންދަށުގެ އަންހެން 5 ޓީމެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ހައި ސްކޫލް، ހިތަދޫ ސްކޫލް، ހުޅުދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، މަރަދޫފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، އެވިޑް ކޮލެޖް، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާން ސްކޫލް، މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް، ތާޖުއްދީން ސްކޫލް، އަދި ހިރިޔާ ސްކޫލެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް އަދި ހަވީރު 4.00ން 6.30އަށެވެ.