20 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ސެޕްޓެމްބަރ މަހުގެ 11ން 15އަށް މާލޭގައި ބާއްވާ މައިލޯ 20 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު 15 އޮގަސްޓް 2017އަށް ހަމަވާނެއެވެ.

މިމުބާރާތަކީ ރާއްޖޭގެ ސްކޫލް މަދަރުސާ އަދި ކޮލެޖް ޔުނިވަރސިޓީތަކަށް ބައިވެރިވެވޭގޮތަށް ރާވާފައިވާ މުބާރާތެކެވެ. މައިލޯ 20 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވަނީ 5 އުމުރުފުރާގެ 2 ޖިންސްގައި ވަކިން ބައިވެރިވެވޭ ގޮތަށެވެ. މި ގޮތުން މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކަކީ 11އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުންދަށުގެ ޢުމުރުފުރާތަކަށެވެ.

މިމުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް އިވެންޓް ހިމެނޭގޮތަށް ޖުމްލަ 106 އިވެންޓް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޖިންސެއް ވަކިން 11 އަހަރުން ދަށުގެ 4 އިންޑިވިޖުއަލް އިވެންޓް، 2 ޓީމް އިވެންޓް، 13 އަހަރުންދަށުގެ 6 އިންޑިވޖުއަލް އިވެންޓް، 2 ޓީމް އިވެންޓް، 15، 17 އަދި 19 އަހަރުންދަށުގެ ޢުމުރުފުރާގައި 11 އިންޑިވިޖުއަލް އިވެންޓް، 2 ޓީމް އިވެންޓެވެ.