ސާޢިދު އާއި އަޒްނީމްގެ ފުރަތަމަ ފެނިލުން


Admin/newsImage/noimage.png
ޖެމެއިކާގެ ވެރިރަށުގައި އިއްޔެ ފެށި 'ކޭމްޕަރޑައުން ކްލެސިކް" އިން ޙަސަން ސާޢިދު އާއި އަޒްނީމް އަހްމަދު، އެދެމީހުންގެ މިއަހަރުގެ ދުވުމުގެ ސީޒަން ފަށައިފިއެވެ.

ރާއްޖޭގެ 400ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ ޙަސަން ސާޢިދު އޭނާގެ 400މ ދުވުމުގެ ހީޓް ފުރިހަމަ ކޮށްފައިވަނީ 48.98ސިކުންތުންނެވެ. ދުނިޔޭގެ އެންމެ ބާރު ދުވުން ތެރިޔާ އުސެން ބޯލްޓްވެސް ވާދަކުރި މިހީޓް 46.74ސިކުންތުން ކާމިޔާބުކުރީވެސް އުސެން ބޯލްޓްއެވެ.

ރާއްޖޭގެ 100މ އަދި 200މދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އަޒްނީމް އަހްމަދު އޭނާގެ 400މ ދުވުމުގެ ހީޓް ފުރިހަމަކޮށްފައިވަނީ 51.99 ސިކުންތުންނެވެ.

މި ކްލްސިކްގެ 400މ ދުވުމުގު ހުރިހާ ބައިވެރިންގެ ޓައިމިން އަށް ބަލާއިރު 42 އެތުލީޓުން ވާދަކުރި އިވެންޓުން ޙަސަން ސާޢީދު ޓައިމިން އައިސްފައިވަނީ 17 ވަނަ އަށެވެ. އަދި ޙަސަން ސާޢީދު ޓްރެއިނިން ހަދަމުން އަންނަ "ހައިޕަރފޯމަންސް ސެންޓަރ" އިން މިއިވެންޓުގައި ވާދަކުރި 5 އެތުލީޓުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވަނީވެސް ޙަސަން ސާޢިދުއެވެ.