މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެދުވަހުގެ އިވެންޓްތައް ނިމުނުއިރު 3 ޢުމުރުފުރާ އެއްކޮށް ފިރިހެން ބައިން 25 ޕޮއިންޓާއެކު އެމް އެސް ހެލްޕިންގ ހޭންޑް ކުރި ހޯދިއިރު އަންހެން ބައިން 25 ޕޮއިންޓާއެކު ކުރި ހޯދާފައިވަނީ ޖަލާލުއްދީން ސްކޫލެވެ. ފިރިހެން ބައިން 24 ޕޮއިންޓާއެކު ދެވަނައިގައި ވަނީ ނޮޅިވަރަމް ސްކޫލެވެ. އަދި 19 ޕޮއިންޓާއެކު 3 ވަނަ ތިނަދޫ ޒުވާނުން ކްލަބެވެ. އަންހެން ބައިން 2 ވަނަ 23 ޕޮއިންޓާއެކު ތާޖުއްދީން ސްކޫލް އަދި 18 ޕޮއިންޓާއެކު 3 ވަނައިގައި ވަނީ ނޮޅިވަރަމް ސްކޫލެވެ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 16 ޕޮއިންޓުން މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާއްލުއްދީން ސްކޫލް ކުރި ހޯދިއިރު މިޢުމުރުފުރާގެ އަންހެން ބައިން ކުރި ހޯދާފައިވަނީ 13 ޕޮއިންޓާއެކު ތާޖުއްދީން ސްކޫލެވެ.

16 އަހަރުން ދަށުގެ ފިރހެން ކުދިންގެ ބައިން 10 ޕޮއިންޓުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލް ވަނީ އެއްވަރުވެފައެވެ. އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ ބައިން 13 ޕޮއިންޓުން ކުރި ހޯދާފައިވަނީ ނޮޅިވަރަމް ސްކޫލެވެ.

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 19 ޕޮއިންޓުން ކުރި ހޯދާފައިވަނީ ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަދި އަންހެން ބައިން 16 ޕޮއިންޓާއެކު ކުރި ހޯދާފައިވަނީ ޖަލާލުއްދީން ސްކޫލެވެ.

މިމުބާރާތުގައި 3 ކްލަބާއި 11 ސްކޫލަކުން 14 ޓީމް ވާދަކުރެވެ.

މިމުބަރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ، ދެވަނަ ޓީމަށް 5000ރ އަދި 3 ވަނަ ޓީމަށް 3000ރ އާއި އަންހެން ޗެމްޕިއަން ޓީމަށް 7000ރ، ދެވަނަ ޓީމަށް 5000ރ އަދި 3 ވަނަ ޓީމަށް 3000ރ އާ އެކު ޖުމްލަ 30000.00ރުފިޔާގެ ފައިސާގެ އިނާމް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.