ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png

25 ވަނަ ގަައުމީ ކަސްރަތު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އޮކްޓޯބަރ މަހުގެ 01 - 03އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ކަސްރަތު މުބާރާތުގައި އަންހެން އަދި ފިރިހެން 14 އިވެންޓް ހިމެނިފައިވެއެވެ. މިގޮތުން ހިމެނިފައިވާ އިވެންޓްތަކަކީ ދެޖިންސުން 100މ، 200މ، 400، 800މ 1500މ އަދި 5000މ ދުވުމާއި، ލޯންގް ޖަމްޕް، ހައިޖަމްޕް، ޝޮޓް ޕުޓް، ޑިސްކަސް ތްރޯވ، ޖެވެލިން ތްރޯވ، 100މ ރިލޭ، އަދި 400މ ރިލޭއެވެ.

މިއީ ގައުމީ ކަސްރަތު މުބާރާތް ބާއްވާ 25ވަނަ ފަހަރު ކަމުން މުބާރާތުގެ ތެރޭގައި ވެޓަރަންސް އިވެންޓްތަކަކާއި ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންނަށް އިވެންޓްތަކެއް ކުރިޔަށް ގެންދަންވެސް ވަނީ ނިންމާފައެވެ.

ވެޓަރަންސް ބައިގައި ކުރިޔަށް ދާނީ ފިރިހެން 100މ 5000މ ދުވުމާއި، ޝޮޓް ޕުޓް އަންހެން 100މ، 3000މ ދުމާއި ޝޮޓް ޕޮޓް އެވެ.

ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންގެ ކެޓަގަރީގައި ކުރިޔަށް ދާނީ ވީލް ޗެއަރ 100މ ދުވުން، ބްލައިންޑް 200މ ދުވުން، ޑެފް 800މ ދުވުން އަދި އޯޓިޒަމް/ޑައުން ސިންޑްރޯމް ލޯންގް ޖަމްޕެވެ.

މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސޯސިއޭޝަންގެ ވެބް ސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.