އިންޑިއަން އޯޝަން އައިލެންޑް ގޭމްސް


Admin/newsImage/noimage.png

މިއަދަކީ އެތުލެޓިކްސް އެސޯސިއޭޝަނަށާއި ދިވެހި ކުޅިވަރަށް ތާރީޚީ ދުވަހެކެވެ.

ދިވެހި ކުޅިވަރުގެ ތާރީޚ ދުވަހަކަށް މިއަދު ވެގެން ދިޔައީ، މިއަދަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން މީގެ 36 އަހަރު ކުރިން ވާދަކުރަން ފެށިފަހުން މުބާރާތުން ރަންމެޑަލް އެއް ލިބުނު ފަހަރެވެ. އަދި މިއީ އެތުލެޓިކްސްގެ ތާރީޚްގައި ރަންމެޑަލް ލިބުނު ފުރުތަމަ ފަހަރުވެސް މެއެވެ.

މިތާރީޚީ ޝަރަފް އެތުލެޓިކްސް އަށާއި ރާއްޖެއަށް ހޯދާދިނީ މިއަދު ނިމުނު 100މ ދުވުމުގައި ވާދަކޮށް ރަންމެޑަލް ހޯދި ޙަސަން ސާޢީދުއެވެ.

މީގެ އިތުރުން މިއަދަކީ ބައިނަލް އަގުވާމީ ސީނިއަރަ އެތުލެޓިކްސް މުބާރާތާކުން ރާއްޖެއަށް އަންހެން އެތުލީޓަކު މެޑަލް ހޯދައި ދިންދުވަހެވެ. ރާއްޖޭގެ އަންހެން އެތުލީޓް މިއަދު ހޯދާފައިވަނީ އަންހެނުންގެ 10000 މީޓަރު ދުވުމުގެ ލޯމެޑަލް އެވެ. އަދި މިމެޑަލް ހޯދާފައިވަނީ ޝަމްހާ އަޙްމަދެވެ.