ޖޭ އޭ އޭ އޭ ޑިވެލޮޕްމަންޓް މީޓް


Admin/newsImage/noimage.png

ޖެމެއިކާގެ ކިންގްސްޓަންގައި އިއްޔެ ބޭއްވި ޖޭ އޭ އޭ އޭ ޑިވެލޮޕްމަންޓްމީޓްގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާޢިދު ވާދަކޮށްފިއެވެ.

ސާޢިދު މިމުބާރާތުގައި ވާދަކޮށްފައިވަނީ 100މ ދުވުމުގައެވެ. މިއިވެންޓް ސާޢިދު ނިންމާފައިވަނީ 10.53ސިކުންތުންނެވެ. މިއީ މިއަހަރު 100މ ދުވުމެއްގައި ސާޢިދު ވާދަކުރި ފުރަތަމަފަހަރުއެވެ.

މިއިވެންޓާއެކު، މިސީޒަންގައި ޖެމެއިކާގައި ސާޢިދު ހަދަމުން އަންނަ ޓްރެއިނިން ނިންމުމަށްފަހު މިމަހު 19ވަނަ ދުވަހު މާލެ އަންނަގޮތަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު މިމަހުގެ 23ވަނަ ދުވަހު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީޓީމްގެ ޓްރެއިނިންގއަށް ޗައިނާ އަށް ފުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްިޕިއަންޝިޕް ކުރިޔަށްދާނީ ޖޫންމަހުގެ 03ން 07އަށް ޗައިނާގެ ވޫހާން ގައެވެ. މުބާރާތުގައި ސާޢިދު ވާދަކުރާނީ ފިރިހެނުންގެ 100މ، 200މ ދުވުން އަދި ފިރިހެން 100މ ރިލޭގައެވެ.