ޓައިވާން އެތުލެޓިކްސް އޯޕަން


Admin/newsImage/noimage.png

ޓައިވާންގައި މިމަހުގެ 15 އަދި 16ވަނަ ދުވަހު ކުރިޔަށް ދިޔަ ޓައިވާން އެތުލެޓިކްސް އޯޕަންގައި ރާއްޖޭގެ އެތުލީޓުން ވާދަކޮށް ފިއެވެ.

15ވަނަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކުރީ ފިރިހެނުންގެ 400މ ދުވުމާއި 1500މ ދުވުމުގައެވެ. 400މ ދުވުމުގެ ފުރުތަމަ ހީޓްގައި ވާދަކުރީ ޙުސައިން ރިޒާއެވެ. މިހީޓް 52.06ސިކުންތުން ރިޒާ ނިންމާފައިވަނީ 7ވަނަ އަށެވެ. 400މ ދުވުމުގެ ހީޓް 2ގައި ވާދަކުރީ ޙުސައިން އިނާޝް އެވެ. އިނާޝް މި ހީޓް ނިންމާފައިވަނީ 49.96ސިކުންތުން 5ވަނަ އަށެވެ. 1500މ ދުވުމުގައި ޝިފާޒް މުޙައްމަދު ވާދަކޮށް ދުވުން ނިންމާފައިވަނީ 4މިނިޓް 17.36ސިކުންތުންނެވެ.

16ވަނަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކުރީ ފިރިހެނުންގެ 200މ، 800މ ދުވުން އަދި 400މ ރިލޭގައެވެ. 200މ ދުވުމުގެ 2ވަނަ ހީޓްގައި ވާދަކުރީ ޙުސައިން އިނާޝްއެވެ. އިނާޝް ދުވުން ނިންމާފައިވަނީ 22.66ސިކުންތުން 4 ވަނަ އަށެވެ. 800މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް ޙުސައިން ރިޒާ ދުވުން ނިންމާފައިވަނީ 1މިނިޓް 58.54ސިކުންތުން 5 ވަނަ އަށެވެ. 2 ވަނަ ހީޓް ގައި ވާދަކޮށް ޢާދިލް ރަޝީދު ދުވުން ނިންމާފައިވަނީ 1މިނިޓް 58.43ސިކުންތުން 3ވަނަ އަށެވެ. 400މ ރިލޭގައި ވާދަކުރީ ގައުމީޓމް ރިލޭ ނިންމާފައިވަނީ 3މިނިޓް 28.39ސިކުންތުންނެވެ.

މުބާރާތަށްފަހު ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހުގެ ރެއެވެ.