24 ވަނަ ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png

24 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް އަދި އަންހެން ޗެމްޕިއަންކަން ކްލަބް އޯލް ސްޓާރ ހޯދައިފިއެވެ. ފިރިހެން ރަނަރސް އަޕް ޓީމަކަށް ހޮވިފައިވަނީ ކްލަބް އޯލް ސްޓަރ އެވެ. އަދި ފިރިހެން 3 ވަނަ ކްލަބަކަށް ހޮވިފައިވަނީ މޭޑް ރަނަރސް އެވެ. އަންހެން ރަނަރސް އަޕް ޓީމަކަށް ޔޫތު ސްޕޯޓްސް ކްލަބް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ  މޭޑް ރަނަރސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދިވެހި ސިފައިންގެ ކްލަބްގެ ޙަސަން ސާޢިދު ހޮވިފައިވާއިރު އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ކްލަބް އޯލް ސްޓާރގެ އަފާ އިސްމާޢީލް އެވެ.

މިމުބާރާތުގައި ވަނީ ފިރިހެނުން ޑިސްކަސް ތްރޯވ އިން ގައުމީ ރިކޯޑް އައުކޮށްފައެވެ. ރިކޯޑް އައުކޮށްފައިވަނީ ދިވެހި ސިފައިންގެ ކްލަބްގެ ޙަސަން ޝަމްޢޫން އެވެ.

މުބާރާތް ނިމުމުން ވަނަވަނައަށް އައި ފަރާތްތަކަށް ތަށްޓާއި ސެޓްފިކެޓް ހަވާލްކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޙަސަން ދީދީ އެވެ.


މުބާރާތުގެ އަންހެން ރެސަލްޓްސް

މުބާރާތުގެ ފިރިހެން ރެސަލްޓްސް