ވާލްޑް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މިމަހުގެ 22ން 27އަށް އެމެރިކާގެ އޮރެގަން ސިޓީގައި ބާއްވާ އައި އޭ އޭ އެފް ވާލްޑް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ގޮތަށް ނިންމައި، މުބާރާތަށް ޙުސައިން ރިޒާ ފޮނުވާގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފއެވެ.

ޙުސައިން ރިޒާ މުބާރާތަށް ހޮވިފައިވަނީ މުބާރާތަށް ޚާއްޞަކޮށްގެން ބޭއްވުނު ޓައިމް ޓްރައަލްއިން 1 ވަނަ ހޯދައިގެންނެވެ.

މުބާރާތުގައި ރިޒާ ވާދަކުރާނީ ފިރިހެންކުދިންގެ 400މ ދުވުމުގައެވެ. ދުވުން އޮންނާނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

މުބާރާތަށް ދިޔުމަށް ރިޒާ މާލެއިން ފުރާނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. މުބާރާތަށް ފަހު އެނބުރި އަންނާނީ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ.

މުބާރާތުގައި ވާދަކުރާ ރިޒާގެ ކޯޗަކީ އެސޯސިއޭޝަންގެ ސްޕްރިންޓް ޕޫލް ކޯޗް އަޙްމަދު ޢަޒީލް އެވެ. މުބާރާތަށް ފަހު ވާލްޑް ޔޫތު ކޯޗަސް ކޮންފަރެންސްގައި އަޒީލް ބައިވެރިވާނެއެވެ.

ރިޒާ ވަނީ 2013ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވުނު އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ 100މ ރިލޭ އަދި 400މ ރިލޭ އިން ގޯލްޑް މެޑަލް ހޯދާފައެވެ. 

މީގެ އިތުރުން 2013 ވަނަ އަހަރު އިންޑިއާގެ ރަންޗިންގައި ބޭއްވުނު ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި މިއަހަރު ބެންކޮކްގައި ބޭއްވުނު ޔޫތ އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަންގައި ރިޒާ ވަނީ ރާއްޖޭ ތަމްސީލް ކޮށްފައެވެ.