ސާފް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

2 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ރަންޗީގެ އެތުލެޓިކްސް ސްޓޭޑިއަމްގައި މިއަދު ކުރިޔަށް ދިޔައެވެ. މި ރަސްމިއްޔާތުގައި ސައުތު އޭޝިއާގެ 8 ގައުމުން ބައިވެރިވިއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ހިފެހެއްޓީ ޖޫނިއަރ އެތުލެޓިކްސް ޓީމްގެ ކެޕްޓަން ޝަރަފުއްދީން ސްކޫލްގެ ޙުސައިން ޝަހުދާން ފަހުމީ އެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ އިންޑިއާ ގަޑިން މާދަމާ ހަވީރު  3ން ރޭގަނޑު 7.30އަށް އަދި 12 ނޮވެމްބަރ 2013 ވަނަ ދުވަހު މެންދުރު 1.30ން 4.30އަށެވެ.

މުބާރާތުގައި މާދަމާ ރާއްޖެއިން ވާދަކުރާނީ ފިރިހެން 400މ ދުވުމުގަ އާއި ފިރިހެން 100މ ދުވުމުގައެވެ.

ރާއްޖެ ގަޑިން މެންދުރު 2.45ގައި ފަށާ ފިރިހެން 400މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރާނީ ޖަލާލުއްދީން ސްކޫލްގެ ޙުސައިން ރިޒާއެވެ. އަދި ރާއްޖެ ގަޑިން 3.15ގައި ފަށާ ފިރިހެން 100މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރާނީ ޝަރަފުއްދީން ސްކޫލްގެ އިބްރާހީމް ޙަސަން ދީދީ އެވެ. 100މ ދުވުމުގެ ދެވަނަ ހީޓްގަިއ ވާދަކުރާނީ އައްޑޫ ހައި ސްކޫލްގެ ޢަލީ ނާޢިމް ޙުސައިން އެވެ.