91 ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ސްރީލަންކާގެ ކޮލަމްބޯގައި މިމަހުގެ 16ން 18އަށް ކުރިޔަށްދާ 91 ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 3 އެތުލީޓުން 6 އިވެންޓްގައި ވާދަކޮށްފިއެވެ.

ރާއްޖޭގެ ޢަފާ އިސްމާޢީލް 16 ވަނަ ދުވަހު ވާދަކޮށްފައިވަނީ އަންހެނުންގެ 200މ ދުވުމުގައެވެ. މި ދުވުން އަފާ ނިންމާފައިވަނީ 26.47ސިކުންތުންނެވެ. މިއީ އޮގަސްޓް މަހު މޮސްކޯގަިއ އަފާ ދުވުނު ޓައިމިން އަށް ވުރެ 0.31ސިކުންތު ލަސް ވަގުތެކެވެ. 17 ވަނަ ދުވަހު އަފާ ދުވެފައިވަނީ އަންހެނުންގެ 400މ ދުވުމުގައެވެ. ރޭސް ނިންމާފައިވަނީ 1މިނިޓް 4.35ސިކުންތުންނެވެ. މިއީ އަފާގެ ޕަރސަނަލް ބެސްޓެވެ.

ޝިފާޒް މުޙައްމަދު 16 ވަނަ ދުވަހު ވާދަކުރީ ފިރިހެނުންގެ 5000މ ދުވުމުގައެވެ. ރޭސް ނިންމާފައިވަނީ 17މިނިޓް 15.07ސިކުންތުންނެވެ. މިއީ ޝިފާޒްގެ ޕަރސަނަލް ބެސްޓެވެ. އަދި 17 ވަނަ ދުވަހު ޝިފާޒް ވާދަކުރީ ފިރހެނުންގެ 1500މ ދުވުމުގައެވެ. ރޭސް ނިންމާފައިވަނީ 4މިނިޓް 20.07ސިކުންތުނެނެވެ. މިއީ މިއަހަރު ޝިފާޒް 1500މ ދުވުނު އެންމެ ބާރު ވަގުތެވެ.

އަޙުމަދު ޙަސަން 16 ވަނަ ދުވަހު ވާދަކޮށްފައިވަނީ ފިރިހެނުންގެ 800މ ދުވުމުގައެވެ. ރޭސް ނިންމާފައިވަނީ ޕަރސަނަލް ބެސްޓަކާއެކު 2މިނިޓް 1.01ސިކުންތުންނެވެ. 17 ވަނަ ދުވަހު ފިރިހެނުންގެ 1500މ ދުވުމުގައި ވާދަކޮށް މި އިވެންޓުންވެސް ޕަރަސަނަލް ބެސްޓަކާއެކު ރޭސް ނިންމާފައިވަނީ 4މިނިޓް 16.22ސިކުންތުންނެވެ.

މުބާރާތަށް ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.