އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އެތުލެޓިކްސް އެސޯސިއޭޝަނުން ކޮންމެ އަހަރު މާލޭގައި ބާއްވަމުން އަންނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް އޮތް 3 އަހަރަށް މައިލޯއިން ސްޕޮންސަރ ކޮށްފިއެވެ.

މައިލޯއިން މިމުބާރާތް ސްޕޮންސަރކުރުމުން 2013، 2014 އަދި 2015ވަނަ އަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ "މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް"ގެ ނަމުގައެވެ.

މައިލޯ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިތުރުން އެސޯސިއޭޝަނުން ކުރިޔަށްގެންދާ ކިޑްސް އެތުލެޓިކްސް ޕްރޮގްރާމްވެސް މައިލޯ އިންވަނީ ސްޕޮންސަރކޮށްފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނާއި މައިލޯ އާއި ދެމެދު ކުރުވުނު އެއްބަސްވުމުގެ އަގު ހާމަކުރަން ދެފަރާތުން ވެސް އުޒުރުވެރިވެއެވެ. މި އެއްބަސްވުމުގެ ދަށުން މައިލޯ އިން އެސޯސިއޭޝަނަށް ފައިސާ އާއި އެހެނިހެން އެހީތައް ވެދޭނެއެވެ. އަދި މައިލޯ ޕްރޮމޯޓް ކުރުމަށް އެސޯސިއޭޝަންގެ އެތުލީޓުންނާއި އެސޯސިއޭޝަނުންވެސް މަސައްކަތްކުރާނެއެވެ.

އެއްބަސްވުމުގައި އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ރާއްޖޭ އޮޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ދިޝާން ވިޖަޔަވަރުދަނާއެވެ.