20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އިންޑީއާގެ ޕޫނާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200މ ދުވުމުގައި ހީޓްގައި ވާދަކުރި ސާޢިދު ސެމީފައިނަލަށް ކޮލިފައިވެއްޖެއެވެ. މިއީ ރާއްޖޭގެ އެތުލީޓަކު އޭޝީއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓަކުން ސެމީފައިނަލަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

200މ ދުވުމުގެ 4 ވަނަ ހީޓްގައި ވާދަކޮށް ސާޢީދު ރޭސްފުރިހަމަ ކޮށްފައިވަނީ ގައުމީ ރިކޯޑަކާއެކު 21.49ސިކުންތުންނެވެ.  އަދި މިހިޓުން ސާއިދު ވަނީ 3 ވަނަ ހޯދާފައެވެ.

200މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރި އަޒްނީމް ރޭސްފުރިހަމަކޮށްފައިވަނީ 22.30ސިކުންތުން 6 ވަނަ އަށެވެ.

200މ ދުވުމުގެ ސެމީފައިނަލް ދުވާނީ ރާއްޖޭގަޑިން މިއަދު ހަވީރު 6.00ގައެވެ.