20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ 5 އެތުލީޓުން ވާދަކުރާނެއެވެ. މާލޭގަޑިން ހެނދުނު 8.30ގައި ފަށާ ފިރިހެނުންގެ 200މ ދުވުމުގައި ރާއްޖޭގެ އަޒްނީމް އާއި ސާޢިދު ވާދަކުރާނެއެވެ.

އަޒްނީމް ވާދަކުރާނީ 200މ ދުވުމުގެ 2 ވަނަ ހީޓްގައެވެ. އަދި ސާޢިދު ވާދަކުރާނީ 200މ ދުވުމުގެ 4 ވަނަ ހީޓްގައެވެ. މި އިވެންޓްގެ ރާއްޖޭގެ ގައުމީ ރިކޯޑަކީ 2011ވަނަ އަހަރު މެލޭޝިއާގެ މަލާކާ އޯޕަންގައި ރާއްޖޭގެ އަޒްނީމް އަޙްމަދު ދުވެފައިވާ 21.70ސިކުންތުގެ ރިކޯޑެވެ.

ރާއްޖޭގެ ގަޑިން ހަވީރު 5.10ގައި ފަށާ ފިރިހެނުންގެ 800މ ދުވުމުގައި ވާދަކުރާނީ އަޙްމަދު ޙަސަން އާއި ޝިފާޒް މުޙައްމަދެވެ. އަޙްމަދު ޙަސަން ވާދަކުރަނީ 800މ ދުވުމުގެ 2ވަނަ ހީޓްގައެވެ. އަދި ޝިފާޒް ވާދަކުރާނީ 800މ ދުވުމުގެ 3 ވަނަ ހީޓްގައެވެ. މި އިވެންޓްގެ ރާއްޖޭގެ ގައުމީ ރިކޯޑަކީ 1999ވަނަ އަހަރުގެ ސާފް ގޭމްސްގައި ނަސީރު އިސްމާޢީލް ދުވެފައިވާ 1މިނިޓް 53.08ސިކުންތުގެ ރިކޯޑެވެ.

ރާއްޖޭގަޑިން ހަވީރު 5.40ގައި ފަށާ އަންހެނުންގެ 200މ ދުވުމުގައި ވާދަކުރާނީ ރާއްޖޭގެ އަފާ އިސްމާޢީލް އެވެ. އަފާ ވާދަކުރާނީ 200މ ދުވުމުގެ 2 ވަނަ ހީޓްގައެވެ. މިއިވެންޓުގެ ރާއްޖޭގެ ގައުމީ ރިކޯޑަކީ 2011ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަފާ ދުވެފައިވާ 26.09ސިކުންތުގެ ރިކޯޑެވެ.