20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެއިން ވާދަކުރީ އަންހެނުންގެ 100މ ދުވުމާއި ފިރިހެނުންގެ 1500މ ދުވުމުގައެވެ.

އަންހެނުންގެ 100މ ދުވުމުގެ ފުރަތަމަ ހީޓްގައި ރާއްޖޭގެ އަފާ އިސްމާޢީލް ވާދަކޮށް 13.05 ސިކުންތުން ރޭސް ނިންމާފައިވަނީ 8 ވަނަ އަށެވެ.

ފިރިހެނުންގެ 1500މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރީ އަޙްމަދު ޙުސައިން އެވެ. 4މިނިޓް 23.54ސިކުންތުން އަޙްމަދު ޙުސައިން ދުވުން ނިންމާފައިވަނީ 8 ވަނަ އަށެވެ. އަދި 1500މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރި ޝިފާޒް މުޙައްމަދު ދުވުން ފުރިހަމަ ކޮށްފައިވަނީ 4މިނިޓް 26.05 ސިކުންތުންނެވެ.

ރާއްޖޭގެ އެތުލީޓުން ދެން ވާދަކުރާނީ 06 ޖުލައި ގައި އަންހެން އަދި ފިރިހެން 200މ ދުވުމާއި ފިރިހެނުންގެ 800މ ދުވުމުގައެވެ.