18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ 2 ވަނަ ދުވަހުގެ ހެނދުނު ދަންފަޅީގައި 11 އިވެންޓް ކުރިޔަށް ދިޔައެވެ.

11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙުސައިން ސިރާޖެވެ. މި ޢުމުރުފުރާގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަބީޙާ ޙުސައިން ނަޢީމް އެވެ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 600މ ދުވުމުން 1 ވަނަ ހޯދީ ޢަފީފުއްދީން ސްކޫލްގެ އިފްރާން އަބޫބަކުރު އެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 600މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މައިޝާ އާދަމް އެވެ.

މިއަދު ހަވީރުގެ ދަންފަޅީގެ އިވެންޓްތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.00ގައެވެ. އަދި ހަވީރު 13 އިވެންޓް ކުރިޔަށް ދާނެއެވެ.

މުބާރާތުގެ ނަތީޖާ ބެލުމަށް

http:

athletics.org.mv/Admin/downloads/official_result_18th_Atoll_Interschool.pdf