18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 15 ޕޮއިންޓާ އެކު 1 ވަނައިގައި އޮތީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ 9 ޕޮއިންޓުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ 11 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް، 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ 14 ޕޮއިންޓާއެކު ޝަރަފުއްދީން ސްކޫލް ވަނީ ކުރި ހޯދާފައެވެ.

11 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ 11 ޕޮއިންޓް ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ 9 ޕޮއިންޓް ހދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ނޮޅިވަރަން ފަރު ސްކޫލް، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ 10 ޕޮއިންޓް ޖަލާލުއްދީން ސްކޫލް، އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 5 ޕޮއިންޓުން ހިރިޔާ ސްކޫލް ވަނީ އެއްވަނައިގައެވެ.