18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ހުޅުވުމުގެ ރަސްމިއްޔާތު ހދ. ކުޅުދުއްފުށީ ސްޓޭޑިއަމްގައި މިއަދު ކުރިޔަށް ދިޔައެވެ. މުބާރާތް ހުޅުއްވައި ދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން ދިރާގު ހދ. ކުޅުދުއްފުށީ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ފާހިރު އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް އަދި އިރުތަމީ އަވަށު ޕްރީސްކޫލްގެ އައިޓަމްތަކެއް ކުރިޔަށް ދިޔައެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ހަރުމަލް ގްރޫޕްގެ އައިޓަމެއްވެސް ކުރިޔަށް ދިޔައެވެ.

މެންދުރު ފަހު ދަންފަޅީގައި މުބާރާތުގެ 7 އިވެންޓެއް ކުރިޔަށް ދިޔައެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100މ ދުވުމުން 1 ވަނަ އަށް ހޯދީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް (މާލޭ ސިޓީ)ގެ ޙުސައިން ލަޔާން އެވެ. މިޢުމުފުރާގެ އަންހެން ކުދިންގެ 100މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަރްޔަމް ޢަލީ އެވެ. 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ހާޑްބޯލް ތްރޯވ އިން 1 ވަނަ ހޯދީ ނޮޅިވަރަމް ސްކޫލްގެ ޢާއިޝަތު ރިމާޝާ ޢަލީ އެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100މ ދުވުމުން 1 ވަނަ ހޯދީ ކަލާފާން ސްކޫލް (މާލޭ ސިޓީ)ގެ ޙުސައިން ނަވާފް ރައުފް އެވެ. މި ޢުމުރުފުރާގެ އަންހެން ކުދިންގެ 100މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރުއެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100މ ދުވުމުން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ)ގެ ޙުސައިން ޝަހުދާން ފަހުމީ އެވެ. އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ 100މ ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލް (މާލޭ ސިޓީ)ގެ ޢާއިޝަތު ސަރާ އެވެ.