އައި އޭ އޭ އެފް ކޯޗިން ލެކްޗަރަރ ކޯސް


Admin/newsImage/noimage.png

އިންޑޯނޭޝިއާގެ ޔޮގްޔަކާޓާގައި މިމަހު ބާއްވާ އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ލެކްޗަރަ ކޯހުގައި ގައި ބައިވެރިވުމަށް އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގެ ކޯޗް ޙަސަން ޚަލީލް (ހައްލު) މިއަދު އިންޑޮނޭޝިޔާ އަށް ފުރައިފިއެވެ.

ހައްލުއަކީ 2008ވަނަ އަހަރުން ފެށިގެން ހިތަދޫ ސްކޫލްގެ އެތުލެޓިކްސް ކޯޗެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ހައްލު އަންނަނީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގެ ކޯޗެއްގެ މަސައްކަތް ކުރަމުންނެވެ. މިއަހަރު ހޮންގކޮންގ ގައި ބޭއްވުނު އޭޝީއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ގައުމީ ޓީމްގެ ހެޑްކޯޗަކީ ވެސް ހައްލު އެވެ.

ހައްލު ވަނީ 2014ވަނަ އަހަރު އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސްފުރިހަމަކޮށްފައެވެ. އަދި 2017ވަނަ އަހަރު ލެވެލް 2 ކޯޗިންކޯސްވެސް ހައްލުވަނީ ފުރިހަމަ ކޮށްފައެވެ.