އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png

ގދ. ތިނަދޫގައި މިމަހުގެ 23ން 27އަށް ބާއްވާ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 29 ސްކޫލެއްގެ 104 ޓީމުން 565އެތުލީޓުން ވާދަކުރާނެއެވެ. މުބާރާތުގައި ކުރިޔަށްގެންދާ 8 ޢުމުރުފުރާގައި ޓީމްތަކުން ބައިވެރިވެފައިވާ ގޮތަށް ބަލާއިރު 13 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 14 ޓީމް، 13 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 13 ޓީމް، 15 އަހަރުންދަށުގެ އަންހެން ޢުމުރުފުރާގައި 12 ޓީމް، 15 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 14 ޓީމް، 17 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 5 ޓީމް، 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 10 ޓީމް، 19 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 2 ޓީމް، އަދި 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރުރާގައި 5 ޓީމް ވާދަކުރާނެއެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ގދ. އަތޮޅުގެ ގދ. އަތޮޅު މަދަރުސާ، ތިނަދޫ އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ގއ. އަތޮޅުގެ ދާންދޫ ސްކޫލް، ގެމަނަފުށީ ސްކޫލް، ލ އަތޮޅުގެ މާމެންދޫ ސްކޫލް، މާވަށު ސްކޫލް، ދ. އަތޮޅުގެ ދ. އަތޮޅު މަދަރުސާ، އަދި މާލޭ ސިޓީގެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 10.00އަށް އަދި ހަވީރު 4.00ން 6.00އަށެވެ.

2018 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވުނު 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވެފައިވަނީ 26 ސްކޫލެއްގެ 54 ޓީމުން 424 އެތުލީޓުންނެވެ.