ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
އޭޕްރީލް މަހުގެ 25ން 27އަށް މާލޭ ސިޓީގެ އެތުލެޓިކްސް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ 7 ކްލަބަކުން 13 ޓީމެވެ.

މުބާރާތުގައި ބައިވެރިވެފައިވާ 7 ކްލަބަކީ މޭޑް ރަނަރސް، ދިވެހި ސިފައިންގެ ކްލަބް، ޒިފިއަސް ސްޕޯޓްސް ކްލަބް، ކްލަބް އޯލް ސްޓަރ، އެމް އެސް ހެލްޕިންހޭންޑް، ކްލަބް ރައިވެރިޔާ އަދި ޕޮލިސް ކްލަބެވެ.

މި މުބާރާތުގައި އަންހެން ފިރިހެން އެއްކޮށް އެތުލެޓިކްސްގެ ޖުމްލަ 23 އިވެންޓެއް ކުރިޔަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.