ސައުތު އޭޝިއަން އެތުލެޓިކްސް ކައުންސިލް މީޓިން


Admin/newsImage/noimage.png

ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް މީޓިން ޑިސެމްބަރ 10ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލް މީޓިންގ ގައި ނޭޕާލް ފިޔަވައި ސައުތު އޭޝިއާގެ 7 ގައުމުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ސައުތު އޭޝިއާ ކައުންސިލް މީޓީން ބާއްވާގޮތަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަވަނަތަކެއް ހޯދަމުން އަންނަ އީކްއޭޓަރ ވިލެޖްގައެވެ.

ރާއްޖޭގައި ބާއްވާ ސައުތު އޭޝިއާ ކައުންސިލް މީޓިންގ ގައި 2018 ވަނަ އަހަރު މިސަރަޙައްދުގައި ބާއްވާ މުބާރާތްތަކާއި މުބާރާތްތަކުގެ ތާރީޚްތައް ކަނޑައަޅާގޮތަށްވަނީ ހަމަޖެހިފައެއެވެ. އަދި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީގަވާޢިދަށް ގެނެވޭ އިސްލާޙްތަކާއެކު އަސާސީ ގަވާޢިދު ފާސްކުރާނެއެވެ.

ސައުތު އޭޝިއާގެ ކައުންސިލް މީޓީން ރާއްޖޭގައި ބާއްވާއިރު، އެންމެ ފަހުން ބޭއްވުނު ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އިންތިޚާބްގައި އެ ފެޑެރޭޝަންގެ ނާއިބް ރައީސްގެ މަގާމަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް ވަނީ އިންތިޚާބް ކުރެވިފައެވެ.

މި މީޓީން ރާއްޖޭގައި ބޭއްވިގެން މިދަނީ ކުޅިވަރާ ބެހޭ ވުޒާރާއާއި އީކްއޭޓަރ ވިލެޖްގެ އެހީތެރިކަމާއެކުގައެވެ.