މޮރޮކޯ ޓްރެއިނިން


Admin/newsImage/noimage.png

އެތުލެޓިކްސް އެސޯސިއޭޝަން އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން ކުރިޔަށްގެންދާ އެލީޓް އެތުލީޓް ޓްރެއިނިން ޕްރްގްރާމް ދަށުން 2017/2018 ވަނަ އަހަރުގެ ސީޒަން ޓްރެއިނިން އަށް ރާއްޖޭގެ ދިގުދުވުން ތެރިޔާ އަޙްމަދު ޝަރަފް އާއި ޙުސައިން ފަޒީލް ހާރޫން މޮރޮކޯއަށް ފުރައިފިއެވެ.

މި އެތުލީޓުން މޮރޮކޯގައި ތަމްރީން ކުރިޔަށްގެންދާނީ 2018ވަނަ އަހަރުގެ އޭޝީއަން ގޭމްސް އާއި ހިސާބަށެވެ. މޮރޮކޯގައި ޝަރަފް ކުރިޔަށް ގެންދާނީ މެރަތަން އަދި ހާފް މެރަތަން ޓްރެއިނިން އެވެ. ފަޒީލް ކުރިޔަށް ގެންދާނީ 5000މ އަދި 1500މ ދުވުމުގެ ޓްރެއިނިން އެވެ.

ފަޒީލް އާއި ޝަރަފް ވަނީ 2016/2017 ސީޒަން ޓްރެއިނިން ވެސް މޮރޮކޯގައި ކުރިޔަށް ގެންގޮސްފައެވެ. އަދި އެ ޓްރެއިނިން އިން ރަނގަޅު ކުރިއެރުން ތަކެއްވެސް ވަނީ ހޯދާފައެވެ.

މިގޮތުން ޝަރަފްވަނީ 2016ވަނަ އަހަރު އޮގަސްޓް މަހު ރާއްޖޭގެ ހާފްމެރަތަން ގައުމީ ރިކޯޑް އައުކޮށްފައެވެ. އަދި މި އަހަރު މާރޗް މަހު ރާއްޖޭގެ މެރަތަން ރިކޯޑް އައުކޮށްފައެވެ. ފަޒީލް ވަނީ މިއަހަރު މާރޗް މަހުގެ ރާއްޖޭގެ 10ކިލޯ މީޓަރ ދުވުމުގެ ގައުމީ ރިކޯޑް އައުކޮށް ޖުލައި މަހު 10000މ ދުވުމުގެ ގައުމީ ރިކޯޑްވެސް އައުކޮށްފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގުޅިގެ ރާއްޖެއިން ބޭރުގައި މިވަގުތު 6 އެތުލީޓުން އަންނަނީ ތަމްރީން ހަދަމުންނެވެ. އެއީ ޝަރަފް އާއި ފަޒީލްގެ އިތުރުން ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ ޢަލީ ޝާމް، އަޙްމަދު އަނޫފް، އިބްރާހީމް އަޝްފާން ޢަލީ އާއި މުޙައްމަދު ނާއިލް އެވެ.