ފުރަތަމަފަހަރަށް ޒަމާނީ ޓެކްނޮލޮޖީ


Admin/newsImage/noimage.png
ރާއްޖޭގެ އެތުލެޓިކްސް ތާރީޚްގައި ފުރަތަމަ ފަހަރަށް ދިގުދުވުންތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާގޮތަށް ނިންމައިފިއެވެ.

މި ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ ޓޯޓަލަ ފިޓްނަސް ގްރޫޕް (ޓީ އެފް ޖީ) އާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ފެބްރުއަރީ 15ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮކާކޯލާ ލޯންގް ރަން"ގައެވެ.

ދުވުމުގައި ބައިވެރިވާ އެތުލީޓުން ދުވި ވަގުތާއި ނިންމާ ވަނަ ވަގުތުން އެނގޭގޮތަށް ތައްޔާރުކޮށްފައިވާ "އާރު އެފް އައި ޑީ ޓައިމިން" ސިސްޓަމަކީ އިންޓަރނޭޝަނަލް އެތުލެޓިކްސް ފެޑެރޭޝަނުން އެޕްރޫވްކޮށް ދުނިޔޭގެ ގިނަގައުމުތަކުގެ ދިގުދުވަންތަކުގައި ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ.

މިސިސްޓަމް ބޭނުންކުރުމުން ވަނަހޮވުމުގައާއި ވަގުތު ބެލުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުއިކަމެއް ލިބިގެންދާނެއެވެ. އަދި އެކިއެކި ކެޓަގަރީތަކުން ވަނަތަށް ހޮވުމަށް ހޭދަކުރަންޖެހޭ ވަގުތުތަށްވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.