އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބް


Admin/newsImage/noimage.png

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފި އެވެ.

ދެވަނަ ދައުރަކަށް ތޮލާލް އިންތިހާބުވެވަޑައިގެންނެވި އިރު އޭނާ އާއެކު އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ކުރިމަތިލެއްވި އަހްމަދު ފާއިލް އާއި މުހައްމަދު ހާނިމް ވަނީ އިންތިހާބުގެ ކުރިން ނަން އަނބުރާ ގެންގޮސްފައެވެ. އެހެންވެ ތޮލާލް އިންތިހާބުކުރި އިރު ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސަކަށް އިންތިހާބުވީ އެތުލެޓިކްސް ކޯޗު އަހްމަދު އަޒީލް އެވެ. އޭނާ އަށް 8 ވޯޓް ލިބުން އިރު ނައިބް ރައީސް ކަމަށް ކުރިމަތިލެއްވި މިހާރުގެ ނައިބް ރައީސް މުހައްމަދު މާދިހު އިސްމާއިލް އަށް ލިބުނީ ފަސް ވޯޓެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަޒާންދާރަކަށް މުހައްމަދު ޝިހާން ހޮވުން އިރު އެކްސްކޯގެ މެންބަރުންގެ މަގާމަށް ހޮވުނީ މުހައްމަދު ސުޖާއު އާއި މުހައްމަދު ޝާހިދު އަދި އިބްރާހިމް އުމަރެވެ. އެސޯސިއޭޝަނުގެ އަންހެން މެންބަރުގެ މަގާމަށް ހޮވުނީ ޔާސްމީން އަބްދުﷲ އެވެ.