އަހަރީ ޢާއްމު ޖަލްސާ


Admin/newsImage/noimage.png

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ މިހިނގާ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ބާއްވައިފިއެވެ. ހެންވޭރު ބޯޅަގޭގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އެތުލެޓިކްަސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޠަލާލް އެވެ. މި ޖަލްސާގައި އެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައި ވޯޓް ލުމުގެ ޙައްގު ލިބިފައިވާ 10 މެމްބަރުންގެ ތެރެއިން 6 މެމްބަރުން ބައިވެރިވިއެވެ. އަދި ހިންގާ ކޮމިޓީގެ 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން ބައިވެރިވިއެވެ.

އަހަރީ ޢާއްމު ޖަލްސާގައި 2013 ވަނަ އަހަރު ބޭއްވުނު އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ހުށަހަޅައި ފާސްކުރެވުނެވެ. މީގެ އިތުރުން 2013ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2014ވަނަ އަހަރުގެ ކަލަންޑަރ އަދި 2014ވަނަ އަހަރަށް ލަފާކުރި ބަޖެޓް ފާސްކުރެވުނެވެ. އަދި އަސާސީ ގަވާޢީދުގެ 2 މާއްދާއަކަށް ބަދަލުގެންނަންވެސް ފާސްކުރިއެވެ.

މިއަހަރުގެ އަހަރީ ޢާއްމުޖަލްސާ އަހަރުގެ ފަހަކޮޅުގައި ބާއްވާތީ 2015ވަނަ އަހަރުގެ ކަލަންޑަރާއި، 2015ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މެމްބަރުންނާއި ހިއްސާކުރެވުނެވެ.